Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަންދޫ ކައުންސިލްގެ ހަރަދުގައި އުމްރާ އަށް ދާން ރަށުން މި ފަހަރު ވެސް ބޮޑު ތަރުހީބެއް

ވަންދޫ ކައުންސިލްގެ ހަރަދުގައި އުމްރާ އަށް ދާން ރަށުން މި ފަހަރު ވެސް ބޮޑު ތަރުހީބެއް

ތ. ވަންދޫ ކައުންސިލްގެ ހަރަދުގައި އުމްރާ އަށް ދާން ބޭނުންވާ މީހުނަށް ހުޅުވާލި ފުރުސަތުގައި 76 މީހަކު <a href="https://gazette.gov.mv/iulaan/290374">ފޯމު ހުށަހަޅައި</a>، ބޮޑު ތަރުހީބެއް ދީފި އެވެ.

ކޮންމެ އަހަރަކު ވަންދޫ މީހަކު، ކައުންސިލްގެ ހަރަދުގައި އުމްރާއަށް ފޮނުވުމަކީ ކައުންސިލްގެ އިންތިހާބީ ވައުދެކެވެ. އެ ވައުދުގެ ދަށުން ކޮންމެ އަހަރަކު ވެސް މި ފުރުސަތު ހުޅުވާލަ އެވެ.

މި ފަހަރު ހުޅުވާލީ މި އަހަރުގެ ޑިސެމްބަރު މަހު އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުނަށް ކުރިމަތިލުމަށެވެ. އެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހު 23 ވަނަ ދުވަހުގަ އެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު ވާންދޫ ކައުންސިލުން ވަނީ އެ ކަމަށް ޝައުގުވެރިވެ ފޯމު ހުށަހެޅި މީހުންގެ ލިސްޓު ގެޒެޓުކޮށްފަ އެވެ. ގެޒެޓުގައިވާ ލިސްޓު ދައްކާ ގޮތުން ޖުމުލަ 76 މީހަކު އެ ކަމަށް އެދި ފޯމު ހުށަހަޅާފައިވެ އެވެ.

ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒު އިބްރާހިމް "ދެން އޮންލައިން" އަށް ވިދާޅުވީ 76 މީހުންގެ ތެރެއިން ފޮނުވާނެ މީހަކު ކަނޑައަޅާނީ ގުރުއަތު ލުމަކުން ކަމަށެވެ.

"ވަރަށް ތަރުހީބު ލިބޭ، އުމްރާ ދަތުރެއް ވީމަ، އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވެފައި، މި ވައުދުވީ ވެސް ރަށުގައި އެ ޝައުގުވެރިކަން ފެންނާތީވެ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މިދިޔަ ތިން އަހަރު ވެސް، ވަންދޫ ކައުންސިލްގެ ވައުދާ އެއް ގޮތަށް، ކައުންސިލްގެ ހަރަދުގައި ރަށު މީހަކު އުމްރާގެ މަތިވެރި އަޅުކަން ކުރުމުގެ ފުރުސަތު ހޯދައިދީފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް