Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ބޮލީވުޑް

ގިނަ މީހުން ހަނދާން ނެތިފައި ތިބި މި ތަރިން ފާހަގަވާން ފެށީ ރިއަލިޓީ ޝޯތަކުން

ގިނަ މީހުން ހަނދާން ނެތިފައި ތިބި މި ތަރިން ފާހަގަވާން ފެށީ ރިއަލިޓީ ޝޯތަކުން
އެހެން ފިލްމީ ދާއިރާތަކެކޭ އެއްފަދައިން، ބޮލީވުޑަކީ ވެސް ގިނަ ފަހަރަށް ވަރަށް ފަސޭހައިން ތަރިން މަތިން ހަނދާން ނެތޭ ދާއިރާއެކެވެ. ހާއްސަކޮށް ހަމައެކަނި ޑްރާމާތަކުން ފެނިފައިވާ ތަރިންނަކީ މާ ބޮޑު ސަމާލުކަމެއް އިންޑަސްޓްރީގައި ވެސް އަދި ބެލުންތެރިންގެ ފަރާތުން ވެސް ލިބިފައިވާ ބައެއް ނޫނެވެ. ނަމަވެސް އެކި ކަހަލަ ރިއަލިޓީ ޝޯތަކުގައި ބައިވެރިވެގެން، އެފަދަ ބައެއް ތަރިން ވަނީ އަލުން އާންމުންގެ ސަމާލުކަން ހޯދައިފައެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ތަރިންނަކީ:

▪︎ ރާހުލް ވޭދްޔާ ބިގް ބޮސް 14އަށް އެރުމުގެ ކުރިން ރާހުލް ވޭދްޔާގެ ތަރި ހުރީ އޮއްސެން ކައިރިވެފައެވެ. ނަމަވެސް އެ ޝޯގެ ރަނަރަޕްއަކަށް ވުމަށް ފަހު ރާހުލްއަށް ލިބުނު ތަރުހީބު ވަނީ އިތުރުވެފައެވެ. އެއަށްފަހު "ޚަތުރޯ ކީ ކިލާޅީ"ގައި ވެސް ބައިވެރިވުމުން، އޭނާ ވަނީ ކުރިއަށް ވުރެ ބޮޑަށް މީހުންގެ ސަމާލުކަމަށް އައިސްފައެވެ. ▪︎ ރުބީނާ ދިލަކް އެކި ޑްރާމާ ސީރީޒްތަކުން ކުރިން ފެނުނު ރުބީނާއަށް ބޮޑަށް މީހުންގެ ސަމާލުކަން ލިބުނީ ބިގްބޮސް 14ގެ ބައިވެރިވެ، އެ ސީޒަން ކާމިޔާބު ވެސް ކުރުމުންނެވެ. މިހާރު ރުބީނާ ވަނީ ބައެއް ވީޑިއޯ ލަވަތައް ކުޅެ، އިތުރު ޑްރާމާއަކުން ވެސް ޖާގަ ހޯދައިފައެވެ. ▪︎ ރާކީ ސާވަންތު ރާކީ ސާވަންތަކީ ކުރިން ވެސް އެކި ގޮތްގޮތުން މީހުންގެ ސަމާލުކަން ލިބިފައިވާ ފަންނާނެކެވެ. ނަމަވެސް ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ރާކީ ވެސް ބޮޑަށް މަޝްހޫރުވީ ބިގް ބޮސްގެ ދެ ސީޒަންގައި ބައިވެރިވުމަށް ފަހުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް