ދުނިޔެ

"ބެޓްމޭން" ކޮވިޑަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބްރިޓިޝް އެކްޓަރެއް ކަމަަށްވާ ރޮބަޓް ޕެޓިސަން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

އުމުރުން 34 އަހަރުގެ ރޮބަޓް މިހާރު ހުރީ ދެ ހަފްތާއަށް އަމިއްލައަށް އެކަހެރިވެގެންނެވެ.

ރޮބަޓް އަކީ ޒަމާނުއްސުރެ ގިނަ ބަޔަކަށް މަގުބޫލު ފިލްމު "ބެޓްމޭން" ގެ އާފިލްމު ކުޅުމަށް ވެސް ހަމަޖެހިފައިވާ އެކްޓަރެވެ. މިކަމުގެ ސަބަބުން އެފިލްމުގެ ޝޫޓިންގ އަނެއްކާވެސް ވަނީ ފަސް ކުރެވިފައެވެ. ޚަބަރުތަކުން ބުނާ ގޮތުގައި، ފިލްމުގެ ޝޫޓިންގ ފެށުނީވެސް މީގެ އެންމެ ތިން ދުވަސް ކުރިންނެވެ.

"ބެޓްމޭން" ގެ ރޯލު ރޮބަޓް ކުޅޭކަން އިއުލާނު ކުރި ދުވަހުން ފެށިގެން ގިނަ ބެލުންތެރިން ވަނީ ފިލްމު ބެލުމަށް ކެތްމަދުވެފައެވެ. ނަމަވެސް އޭނާ ކޮވިޑަށް ފައްސި ވެއްޖެކަން އެނގުމުން ގިނަބައެއްގެ ހިތްތަކަށް ވަނީ މާޔޫސްކަން ވެރިވެފައެވެ.

ރޮބަޓް އެފިލްމުން ފެންނާނެކަން އެންގުމުގެ ގޮތުން ވަރަށް ފަހުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ފުޓޭޖެއް ރިލީސް ކޮށްފައެވެ. އެފުޓޭޖަށް ވެސް ގިނަ ބައެއްގެ ހޫނު ތަރުހީބެއް ލިބުނެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިއީ މިފިލްމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނު ދެވަނަ ފަހަރެވެ. ފުރަތަމަ ފިލްމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނީ ކޮވިޑާއި ގުޅިގެން ފުރަބަންދު ކުރުމުގެ ސަބަބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!