Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދިވެއްސަކަށް ވަޅިން ހަމަލާދޭން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ދިވެއްސަކަށް ވަޅިން ހަމަލާދޭން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ބިދޭސީ މީހަކު ދިވެއްސަކަށް ވަޅިން ހަމަލާދޭން އުޅެފި އެވެ. އެކަމެއް ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ހުޅުމާލެ ލަންސީމު މަގުގައި ހިނގި އެ ހާދިސާ ގައި ބިދޭސީ މީހާ ހަމަލާދޭން އުޅެފައިވަނީ މެދު އުމުރުގެ ދިވެއްސަކަށެވެ. މަންޒަރު ދުށް މީހުން ކިޔަދިން ގޮތުންނަމަ ވަޅިން ހަމަލާދޭން އުޅުނު މީހާ ހުއްޓުވީ ދެ ދިވެއްސަކު ވެގެންނެވެ. އެ މީހުން ކިޔައި ދިން ގޮތުންނަމަ ހަމަލާދޭން އުޅުނު ބިދޭސީ މީހާ އަކީ އިންޑިއާ މީހެކެވެ.

ހަމަލާދޭން ގެންގުޅުނު ވަޅި

''އޭނާ (ބިދޭސީ މީހާ) އެ މީހާ ފަހާ ދުވަން ފެށީމަ ދެ މީހަކު އައިސް ހުއްޓުވި، އޭނާ ދިޔައީ ވަޅި ހޫރަމުން، '' އެ ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ. ނަމަވެސް މާރާމާރީ ހިނގަން މެދުވެރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ވަޅިން ހަމަލާދޭން އުޅުނު ބިދޭސީ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް