Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މިއަދުވެސް މޫސުން ގޯސް، އުތުރަށާ މެދު ރާއްޖެތެރެއަށް އޮރެންޖު އިންޒާރު

މިއަދުވެސް މޫސުން ގޯސް، އުތުރަށާ މެދު ރާއްޖެތެރެއަށް އޮރެންޖު އިންޒާރު

ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު އިންޒާރު ނެރެފި އެވެ.

ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު އިންޒާރު ނެރެފައިވަނީ ހއ. އަތޮޅުން ވ. އަތޮޅާއި ހަމައަށެވެ.

މި ސަރަހައްދުތަކަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހޭނަކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ގަޑިއއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި 60 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި މި ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވެ އެވެ.

Advertisement
Ooredoo — Truecaller (box)

މި ސަރަހައްދުތަކަށް މިއަދު ހެނދުނުއްސުރެއް އޮތީ އިންޒާރު ނެރެފަ އެވެ. މެޓުން ބުނާ ގޮތުގައި މިއަދު މެންދުރުފަހު 3:15 އާއި ހަމައަށް މި ސަރަހައްދުތައް އޮންނާނީ އިންޒާރުގަ އެވެ.

ފާއިތުވެދިޔަ ދެ ދުވަހުވެސް ބޮޑަށް މޫސުން ގޯސްވެފައިވަނީ ރާއްޖޭގެ އުތުރަށާއި މެދުރާއްޖެ ތެރެއަށެވެ. ދެކުނު އަތޮޅުތަކުގެ މޫސުން އިއްޔެއާއި މިއަދު އޮތީ އަލިކޮށެވެ.

މެޓުން ލަފާކުރަނީ ހުކުރު ދުވަހުގެ ފަހުން މޫސުން އަލިވާން ފަށާނެ ކަމަށެވެ. އެހެންކަމުން އޭގެ ކުރިން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ދަތުރަށް ނުފެށުމަށް އިލްތިމާސް ކުރެ އެވެ.

މާލެ ސަރަހައްދަށް މި ތިން ދުވަހު ވަރަށް ބޮޑަށް ވައި ގަދަ އެވެ. އެއާއެކު މި ސަރަހައްދުގައި ކަނޑު ދަތުރުކުރާ ފެރީގެ ހިދުމަތަށްވެސް ވަނީ ބުރޫ އަރައިފަ އެވެ. އަދި އެއްގަމު ދަތުރު ކުރާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް