ދިވެއްސަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް

އިއްޔެ ހުޅުމާލޭގައި ތޫނު އެއްޗަކުން ދިވެއްސަކަށް ހަމަލާދިން މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
އެކަމެއް ހިނގީ ހުޅުމާލޭ ލަންސިމޫ މަގުގައެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ މެދު އުމުރުގެ ދިވެއްސަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެ މީހާގެ އަތަށް ޒަހަމްތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަކުރި މީހާ މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރި ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ.
އެމިހާގެ ވަނަވަރެއް ހާމަކޮށްފައި ނުވި ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުން އެއީ އިންޑިއާ މީހެކެވެ.