Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބާރުގަދަ ޑްރަގެއް ދައުރުވާ މިންވަރު އިތުރުވާތީ ފިޔަވަޅު އަޅަނީ

ބާރުގަދަ ޑްރަގެއް ދައުރުވާ މިންވަރު އިތުރުވާތީ ފިޔަވަޅު އަޅަނީ

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" ދައުރުވަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސަރުކާރުން އެކަން ހާމަކުރީ ހޯމް ލޭންޑް ސެކިއުޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން 'އެކްސް' ގައި އާއްމުކުރި ބަޔާނަކުންނެވެ.

އެ ބަޔާނުގައި ބުނީ، ޑްރަގުގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" އާއްމުކޮށް ކިޔާ ނަމުންނަމަ "ޗައިނާ ވައިޓް" ވަނީ ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުކުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިނިސްޓްރީން ބުނީ، އެ ޑްރަގަކީ ފުރާނައަށް ނުރައްކާތެރިވާ ފަދަ ބާރުގަދަ ޑްރަގެއް ކަމަށެވެ.

"މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީއާއި މި ބާވާތުގެ މަސްތުވާތަކެއްޗަކީ، އެ ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ މަސްތުވާ އެއްޗެކެވެ'' ބަޔާނުގައި ބުންޏެވެ.

އެހެންވެ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ނޭޝަނަލް ޑްރަގް އެޖެންސީ އަދި ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް