Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޮޔާ ދަނިކޮށް ފެނުނީ މަރުވެފައިވާ އަންހެނެއް

އޮޔާ ދަނިކޮށް ފެނުނީ މަރުވެފައިވާ އަންހެނެއް

މިއަދު ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން އޮޔާދަނިކޮށް ފެނުނީ މަރުވެފައި އޮތް އަންހެނެއް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އޮޔާދަނިކޮށް ފެނުނު މީހަކު ކަނޑުމަތިން ނަގާފައިވާ ކަމަށް މީގެ ގަޑިއިރެއްހާ ކުރިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ފުލުހުން ބުނީ، އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އެ މީހާ ގެ ހާލަތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement
Ooredoo — Truecaller (box)

އައިޖީއެމްއެޗް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ، އޮޔާދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެއީ އަންހެނެއް ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ މީހެއްކަން އަދި މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް