Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

އިދިކޮޅުގެ ބޮޑު ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

އިދިކޮޅުގެ ބޮޑު ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

އިދިކޮޅު ކޯލިޝަނުން ބާއްވަން ހަމަޖެއްސި "މިނިވަންކަމުގެ ދިފާޢުގައި, ދިވެހީން" ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.

މީގެ ކުުރިން އެ ޖަލްސާ ބާއްވަން ހަމަޖެއްސީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދުވަހު ޖަލްސާ ބޭއްވުމުގެ އިންތިޒާމް ހަމަޖައްސައިފައިވީ ނަމަވެސް މާލެއަށް މޫސުން ގޯސްވުމުގެ ސަބަބުން އެރޭ އެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުالله (އަދުރޭ) ވިދާޅުވީ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން، މި ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބާއްވާ ޚާއްޞަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަޙައްދުގައި އޮންނާނެ ކަމަށެެވެ. އަދި ދިވެހި ލޮބުވެތި ރައްޔިތުން މި ޖަލްސާއަށް ވަޑައިގެންނެވުމަށް ވެސް އަދުރޭ ވަނީ ދައުވަތު ދެއްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

"މިނިވަންކަމުގެ ދިފާޢުގައި, ދިވެހީން" މި ހަރަކާތަކީ ރާއްޖޭގެ އިސްތިޤުލާލާއި މިނިވަންކަމާއި އިސްލާމްދީން ނެގެހެއްޓުމަށް ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތުގެ ކޮމިޓީގެ ޗެއަރ އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވަނީ މިއަދު ވިދާޅުވެފައެވެ. ޝުޖާޢު ވެސް ވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް ގޮވައިލައިފައެެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް