ޚަބަރު އިޖުތިމާޢީ

ހިޔާ ފްލެޓުތަކަށް ފިޔާ ބެހުން ކުރިއަށް، 2000 އަށްވުރެއް ގިނަ މީހުންނަށް ބަހައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހިޔާ ފްލެޓުތަކަށް ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ

ޗައިނާ ޗެމްބަރ އޮފް ކޮމާސްގެ އެހީގައި ހަދިޔާކުރި ފިޔާ ބެހުމުގެ މަސައްކަތް ހިޔާ ފްލެޓުތަކުގައި ބާރަށް ކުރިއަށްދާކަމަށް ކޮމޮނާޒް އެމްވީއިން ބުނެފި އެވެ.

Ads by MWSC

އެ ޖަމިއްޔާއިން ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޗްޑީސީއާއި، އެސްޓޯއޯ އަދި ޗައިނާ އެމްބަސީ ގުޅިގެންނެވެ.

މިހާތަނަށް އައިއިރު 2000 އަށްވުރެއް ގިނަ މީހުންނަށް އެއް ޓަނަށްވުރެއް ގިނަ ފިޔާ ބަހާފައިވާކަމަށް އެޖަމިއްޔާއިން ބުނެ އެވެ. އަދިވެސް މަސައްކަތް ބާރަށް ކުރިއަށް ގެންދާކަމަށް ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓުތަކަށް ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ

އެންމެ ބޮޑު ޖާގައެއް އޮތީ ހެޗް 4 ޓަވަރުގައި ކަމުން މިމަސައްކަތް ކުރިއަށް ގެންދަނީ އެތަނުގަ އެވެ. އެހެންނަމަވެސް ހިޔާ ކޮންމެ ޓަވަރެއްގައި ދިރިއުޅުނު ނަމަވެސް ފިޔާ ލިބޭނެކަމަށް ކޮމޮނާޒް އެމްވީއިން ބުނެ އެވެ.

ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް 44 ޓަނުގެ ފިޔާ ބަހާނެ އެވެ. މިމަސައްކަތް ފެށީ މިއަދު ހެނދުނު އެވެ. ކޮމޮނާޒް އެމްވީއިން ދަނީ މިމަސައްކަތުގެ ތަފްސީލުތައް ވައިބާ ގްރޫޕު މެދުވެރިކޮށް ހުރިހާ ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!