ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ އަސަރުކޮށްފި

މިރޭ ހދ ގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.
އެ އިދާރާއިން މިރޭ "އެކްސް" ގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ، ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖެގަޑިން މިރޭ 08:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓުން ބުންޏެވެ.