Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފަލަސްތީނު ރައްޔިތުންގެ ސަލާމަތަށް އެދި ގުނޫތު ކިޔަން އަންގައިފި

ފަލަސްތީނު ރައްޔިތުންގެ ސަލާމަތަށް އެދި ގުނޫތު ކިޔަން އަންގައިފި

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުން އެ ގައުމުގެ ރައްޔިތުން ސަލާމަތްކޮށް ދިނުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދުގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާގުޅިގެން، މިއަދުން ފެށިގެން މައުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ.

"މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު" މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސައެއް ކުރިމަތިވުމުން ފަރުޟު ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް