Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

55 ރުފިޔާގެ ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު 10 ދުވަހަށް ބަންދު

55 ރުފިޔާގެ ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު 10 ދުވަހަށް ބަންދު

ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

އެކަމެއް އިއްޔެ ހިނގާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އާއްމުކުރި ކޯޓު އަމުރުގައިވާ ގޮތުން އޭނާ ސެންޓުފުޅި ވަގަށް ނެގީ މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލް ޗޮއިސް ފިހާރައިންނެވެ.

Advertisement
Ooredoo — Square (box)

ކޯޓު އަމުރުގައިވާ ގޮތުން ހައްޔަރުކުރި މީހާ އެތަނުގައި ހުރި ޕޮއިސްގެ ރެކަކުން ސެންޓު ފުޅިއެއް (ފޮގް ބްރޭންޑުގެ 55 ރުފިޔާއަށްދޭ) ވަގަށް ނަގާ ފަޓުލޫނާއި ހަށުގަނޑާ ދޭތެރެއަށް ލައިގެން ދާން އުޅުމުން ހިފެހެއްޓީ ކަމަށެވެ.

ފުލުހުން ސީނަށް ހާޒިރުވިއިރު އޭނާ އަތުން ސެންޓުފުޅި ފިހާރައަށް ނަގާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް