ސްޓެލްކޯގެ އިންޖީނިއަރަކު މި ކިޔައިދިނީ ކަރަންޓު ބިލު ކުޑަކުރެވޭނެ ގޮތްތައް!
މާލެ ސަރަހައްދުގެ ގޭބިސީތަކަށް ސްޓެލްކޯއިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީސްމީޑިއާގައި ހިއްސާ ކުރަމުންދާ ކޮންމެ މީހެއްގެ ބިލުންވެސް ގާތްގަޑަކަށް 1,000 ރުފިޔާ ވަރު ބޮޑުވެފައިވެއެވެ.
ކަންް މިހެން ހުރި އިރު މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއްކަމަށް ވުމާއެކު، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، މާލެ ސަރަހައްދުގެ %75 ގޭބީސީގެ ކަރަންޓު ބިލު، ކުރީ މަހަށްވުރެ ބޮޑުވާނެކަމަށް ސްޓެލްކޯއިން މިދިޔަ އޭޕްރީލް މަހު ވަނީ ބުނެފައެވެ. އެގޮތުން އެވްރެޖުކޮށް ގާތްގަނޑަކަށް 500 ރުފިޔާ ބޮޑުވާކަން ސްޓެލްކޯއިން އޭރު ފާހަގަކުރިއެވެ.
ނަމަވެސް މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައެވެ. ސްޓެލްކޯއިން ބުނާ ގޮތުގައި އެންމެ ފަހުގެ ބިލްތަކުގައި ހިމެނެފައިވާނީ ވިއްސާރައިގެ މަދު ދުވަސްކޮޅެކެވެ.
އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ސްޓެލްކޯގެ އިންޖިނިއަރު އަލީ ނިޔާޒު ވަނީ ވަރަށް ތަފްސީލްކޮށް ބިލްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. ނިޔާޒު އެންމެ ފުރަތަމަ ވެސް ވަނީ ވަގަށް ގޮވުމުގެ ކުރިން ލިބުނީ ކޮން ދުވަސްވަރެއްގެ ބިލެއްތޯ އެއްވެސް ބޭފުޅަކު ބަލާލިތޯ ސުވާލުކޮށްފައެވެ.
ނިޔާޒު ބުނި ގޮތުގައި ހޫނު މޫސުމުގެ ތޭގައި އެވްރެޖްކޮށް 110މ.ވ. އާއި 113މ.ވ. އާދޭތެރޭގެ ޑިމާންޑެއް މާލެ ސަރަހައްދުގައި އޮތެވެ. ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތަށް ވެސް ހިންގާފައިވާ ކަމަށާއި ނިމިދިޔަ ބިލިންގ ސައިކަލްގަ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށެވެ.
"އެކަމު ގޭތެރެ ހުރީ ހަމަ ޗިލް ކޮށް 25 ޑިގްރީގަތަ؟ އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހުރިނަމަ ވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ކޮށް އެވަރުގައު ހިފަހައްޓަން އޭސީ އިން ކުރަންޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ ހުވާ. ހާދަ އެނަޖީއެކޭ. ދެން ވިސްނާލާ 40 އާއި 45 ޑިގްރސެލްސިއަސް ގަ ހުރެފަ ތިރިއަށް އަންނަން އެ ފަކީރު ކުރާނެ މަސައްކަތް. މިއީ އަދި އޭސީ އެކަނި، ކޮބާ އަދި ފްރިޖު؟ އެ އަދި މާ ބޮޑަށް ޓެމްޕަރޭޗA ދަށް ކުރަންޖެހޭނެ ދޯ؟" ނިޔާޒު ބުންޏެވެ.
- އޭސީ ސާވިސް ކޮށްލާ ގޭސް ލެވެލް ޗެކް ކޮށަލާ ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކުރުން
- ފުލް ސާވިސް އެއްނުކުރި ނަމަ ވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލާ ފިލްޓަރު ތަށް ސާފު ކުރުން, އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީން ކުރުން
- އޭސީ ކޮށްފައިހުރި ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކުރުން
- ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގަ ރެފްރިޖްރޭޓަރު ބެހެއްޓުން
- އޭސީ ކޮށްފައި ހުރި ތަންތަނުގެ ބިއްލޫރި ދޮރު ތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދެމުން
- ކުރިން ބަޖެޓު ލޯކަމުން ހަރުކުރި ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކުރުން
- ދާހިއްލިޔަސް ކައްކާއިރު ސިޓިން ރޫމު އޭސީ ނުޖެއްސުން. (ސިޓިން ރޫމާއި ބަދިގެ އެއްކޮށް ހުންނަ ނަމަ. އެހެންނޫނީ އޯކޭ)
- ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި ނިއްވާލުން. (ހެނދުނު ބޭރަށް ދާ މީހާ ތި އަންނަނީ އިރު އޮއްސޭ ފަހުން. އަންނަ އިރު ކޮޓަރި އައިސް ކޮންޓޭނަރެޢްހެން ނުހުއްޓަސް އޯކޭ ވާނެ. ގެއައް އައިއްސަ އޭސީ އޮން ކޮށްލާފަ ފެންވަރައިގެން ނުކުންނަ އިރަށް ހުންނާނީ ކޮޓަރި ފިނިކޮށް. ހަމަ ހުވާ ޓްރައި އެނގޭ. އިޓްސް ލައިކް މެޖިކް ހަމަ)
- ފަންކާ ހަފްތާއަކު ވަން ފަހަރު ސާފު ކުރުން
- ދޭތެރެއަކުން ގޭގެ ކަރަންޓު މީޓަރު ބަލާލުން, (މީޓަރު ހިނގާވަރާ، އަރާއެއްޗެއް ބަލާލާ. ބިލަށް އަރާނެ ވަރު މޯބައިލް އެޕުގައި ޖަހާލައިގެން ބަލާލެވޭނެ.އިޤްތިސާދު ކުރަން ކުރެވޭނެ ލައްކަ ކަންކަން ބޮލައްވަންނާނެ މި ގޮތަށް ބަލަމުންދާނަމަ)
އަސްލު ބޭނުން ކުރެވޭވަރު ގިނަ އީ ހަމަގައިމުވެސް އހަރުމެން ގޭގެ ބިލް ބޮޑެއް ނުވޭ. ބޭނުން ނުކުރާ ވަގުތު ތަކުގަ ކަރަންޓު ނިވާފަ ބަހައްޓަންވީ.ދެން ގިނަ މީހުން އޭސީ ޖައްސާފަ ފަންކާވެސް ޖައްސާ އެހެންވީމަ ވެސް ބިލް ބޮޑުވާނެ
އަހަރުމެން ތިބީ ކޮޓަރީގެ އޭސީ ތަކާ އެއްޗެހި ނިވާފަ ގޮސް ރަށުގަ ޗުއްޓީގަ. އެކަމަކު ވެސް ކުރިން އަންނަ ވަރު ބިލެއް އައި.
ޢެ ހެޔޮ ދޯ ރާއްޖޭގަ ނޫޅުނަސް މޮޔަ ވާހަކަ ނުދައްކާ
ޙުސްދޮގު
ބިލްގެ ވާނުވާ ބަލާފަ ޑޭޓް ޖަހާ އޭރުން އެގޭނެ
ދެން ތަންދޮރު ނޭގޭ ބަޔަަކަށް ނޭގިދާނެ ތިހެން ބުނީނަ. މީޓަރު ރޭޓް ކޮށްފަ އިންނަނީ 240 ވޯލްޓް. އަޔަށްވުރެ ވޯލްޓޭޖް ދައް ކޮށްފިއްޔާ މީޓަރު އެނބުރޭނީ އެމްޕިޔަރު ކޮއިލް އިން. އެހެން ވީމަ ވޯލްޓޭޖް ދައްކުރާ ވަރަކަށް ބޭނުންކުރާ އެމްޕިއަރު މަތިވާނެ. މާނައަކި މީޓަރު އެނބުރޭލެއް އަވަސްވާނޭ. މީޓަރުގެ ރޭޓިން އިންނަ ވަރަށް ވޯލްޓޭޖް ދީފަ އިންނަ ނަމަ އެހެނެއް ނުވާނެ.