Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނިޔާވި ސިފައިންގެ އޮފިސަރުގެ ހަށިގަނޑު އުނގޫފާރަށް ގެންގޮސްފި

ނިޔާވި ސިފައިންގެ އޮފިސަރުގެ ހަށިގަނޑު އުނގޫފާރަށް ގެންގޮސްފި

މިޔަރެއްގެ ހަމަލާއިން ޒަހަމްވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ޒުވާން ސިފައިން އޮފިސަރެއް ކަމަށްވާ މުހައްމަދު ޒައިދާން (23އ) ހަށިގަނޑު އޭނާގެ އުފަން ރަށް ރ. އުނގޫފާރަށް މިއަދު ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ އުނގޫފާރު/ ނިއު ލައިފް، ޒައިދާން އަށް މިޔަރެއް ހަމަލާ ދިނީ ލ. މާވަށް ކައިރީ މޫދުގައި ސިފައިންގެ ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް ކަަމަށެވެ.

 

Advertisement
Allied — Dhen Online (box)

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު "ދެން" އަށް ވިދާޅުވީ ޒައިދާންގެ ހަށިގަނޑު އުނގޫފާރަށް ގެންގޮސްފައިވަނީ އެގާރާ ޖެހިހާއިރު ކަމަށެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ ރަސްމީ އިއްޒަތުގައި ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ. ކަށުނަމާދު އޮންނާނީ އެ ރަށު ދުއްތޫރު އަސާސީ އަފްރާޝީމް އަލީ މިސްކިތުގައި މިއަދުގެ ވަގުތެއްގަ އެވެ.

ޒައިދާން ނިޔާވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ ރޭ 8:40 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް