ޚަބަރު އިޖުތިމާޢީ

ލޯންޗު ހާދިސާ: އެކަކު ފިޔަވާ އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

ދެ ލޯންޗު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ފަރުވާއަށްފަހު ދޫކޮށްލައިފި އެވެ.

Ads by Hajj Corporation

އައިޖީއެމްއެޗްގެ މީޑިއާ އޮފީޝަލް ވިދާޅުވީ މިހާރު ފަރުވާ ދެމުން ދަނީ އެންމެ މީހަކަށް ކަމަށާއި އޭނާއަށް ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށެވެ. ބާކީ ތިބި ހަ މީހުން ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދީފައިވެ އެވެ.

ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ ރޭ 11:00 ހާއިރު އެވެ. މިއެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި އިރު އެ މީހުންނަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ރޭ ފުލުހުން ބުންޏެވެ.

ދާދި ފަހުން ވެސް ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ. އެގޮތުން އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި، އޭނާ ވަނީ ނިޔާވެފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!