Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ  މި މަހުގެ 09 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 30 ގެ މެންދުރުފަހު 13:00 އާ ހަމައަށެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ:
  • ނޫސްމަޖައްލާ ކެޓަގަރީ
  • އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ
  • ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
  • އިޖުތިމާޢީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ޝަރުޢީ އަދި ޤާނޫނީ ދާއިރާ
  • ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ
  • ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
  • ފީޗަރ ރިޕޯޓުގެ ދާއިރާ
  • ތާރީޚާއި ސަގާފަތުގެ ދާއިރާ
  • މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  • ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ
  • އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
  • އުންމީދީ ނޫސްވެރިޔާގެ އިނާމު
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
  • އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
  • އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް އާންމުކޮށްފައިވާ ގޫގަލް ފޯމް މެދުވެރިކޮށެވެ. އިނާމު ދިނުމަށް ހަމަޖެހިފައިވާ އުސޫލު މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް