އިސްލާމިކް މިނިސްޓަރު ހައްޖަށް ފުރާވަޑައިގެންފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ވަޒީރު ފުރާވަޑައިގެންނެވީ މިއަދު ހައްޖަށް ފުރި ފަހު ފްލައިޓުގެ ޙައްޖުވެރިންނާއެކު މިއަދު ހަވީރުއެވެ.
"މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ޖުމްލަ 1150 ހައްޖާޖީން ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، ހައްޖުވެރިންގެ ހުރިހާ ކަމެއްވެސް ވަނީ ވަރަށް ފުރިހަމައަށް ތަރުތީބު ކުރެވިފައި" ހައްޖަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވި އެވެ.
މިއީ މިހާތަނަށް އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި މިހާ ގިނަ އަދަދެއްގެ މީހުން ހައްޖުވާ ދެވަނަ ފަހަރެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، ދިވެހި ހައްޖުވެރިންގެ ކަންކަން ގާތުން ބެއްލެވުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން ދިވެހި ހައްޖު މިޝަނުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.