Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑިމޮކްރެޓްސް އިން ރައީސަށް ތާއީދުކުރީ ރަނގަޅު ތަސައްވަރެއް ފެންނާތީ: ނަޝީދު

ޑިމޮކްރެޓްސް އިން ރައީސަށް ތާއީދުކުރީ ރަނގަޅު ތަސައްވަރެއް ފެންނާތީ: ނަޝީދު
މިދިޔަަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީން އެ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމީ "މިއަދު މިދެކޭ" އިންޑިއާ ކަނޑުގެ ރަނގަޅު ތަސަައްވަރެއް ފެނުމުން ކަމަށް ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދުގެ ނުރަސްމީ އެކައުންޓް ކަމަށްވާ 'އަނެއް ދިވެހިރާއްޖެ' އިން މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ރައީސް މުއިއްޒަށް ތާއީދުކުރަން ނިންމީ "މިއަދު މިދެކޭ ސުލްހަވެރި، ގުޅުން ރަނގަޅު އިންޑިއާާ ކަނޑުގެ ތަސައްވަރު" ފެންނާާތީ ކަމަށެވެ. "ރާއްޖޭގެ ހާރިޖީީ ސިޔާސަތަކީ ކޮންމެ އިންތިހާބަކަށްފަހު އަނެއް ފުށަށް ޖެހޭ ކަމެއްގެ ގޮތުގައި އޮތުމުން ދިވެހިންނަށް ލިބޭ ގެއްލުން ބޮޑު" އެމަނިކުފާނު ވިދާޅުވި އެވެ. 19 ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިގޮތަށް ވިދާޅުވިއިރު، ވެރިކަމަށް މި ސަރުކާރު އައުމަށް ބޭނުންކުރި "އިންޑިއާ އައުޓް" ކެންޕެއިންތަކުގައި ބޭނުންކުރި ސްލޯގަންތަކާއި އުފުލި އަޑުތަކުން އިންޑިއާއި ރާއްޖޭގެ ގުޅުމަށް ވަނީ ބުރޫ އަރާފައެވެ. އޭރު ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޑިމޮކްރެޓްސްއިން އެކުވެ މަސައްކަތްކުރުމަށް އިދިކޮޅުގައި އޮތް މިހާރުގެ ސަރުކާރަށް ކުރަމުންދިޔަ އެއް ޑިމާންޑަކީ އިންޑިއާގެ މައްސަލަ ހައްލު ކުރުމެވެ. ނަމަވެސް އިންޑިއާއާއެކު އޮތް ގުޅުން އަދި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އިންޑިއާއާއި ރާއްޖޭގެ ގުޅުން ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރައީސް ވަަނީ އެ ގައުމުގެ ބޮޑު ވަޒީރުކަމަށް ނަރެންދްރާ މޯދީގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އެމަނިކުފާނުގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެންފައެވެ.  ބެލެވޭ ގޮތުގައި މިދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާގެ ގުޅުން ރަނގަޅު ވެގެންދާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް