Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޗައިނާ ސަރުކާރުގެ ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން ރާއްޖޭގައި

ޗައިނާ ސަރުކާރުގެ ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން ރާއްޖޭގައި

ޗައިނާގެ ސަރުކާރަށް ސިޔާސީ ގޮތުން ލަފާ އަރުވާ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން، މިސްޓާ ބަޓީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ބަޓީގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. އޭނާ މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ބަޓީ މާދަމާ ހެނދުނުގެ ވަގުތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބް ރައީސް ނާޒިމްއާ ބައްދަލު ކުރައްވާނެއެވެ.

Advertisement
Allied — Dhen Online (box)

ބަޓީގެ މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ ދަތުރު ނިންމާލުމަށް ފަހު އޭނާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

ޗައިނާއަކީ ޕީއެންސީ/ޕީޕީއެމްގެ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ގާތް ގުޅުން އޮންނަ ގައުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި ގިނަ އުމްރާނީ ތަރައްގީގެ މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީއާއި މާލީ ފޯރުކޮށްދިނުންތަކުގެ ނަތީޖާ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް