"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯން: މިހާތަނަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދާ ޓެލެތޯނަަށް މިހާތަނަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ޓެލެތޯން އިންތިޒާމް ކުރާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު 'ދެން' އަށް ވިދާޅުވީ އެ ޓެލެތޯންއަށް މިހާތަނަށް އެކި ފަރާތްތަކުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ދިވެހި ރުފިޔާއިން 2.2 މިލިއަން އާއި 7100 ޑޮލަރު މިހާތަނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނާ ވިދާޅުވީ ޓެލެތޯންގެ ދަށުން އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ފޮށިތައް ގުނަން ފަށާނީ އިރުއޮއްސި 6 ޖަހާއިރު ކަމަށެވެ.
މި ހަރަކާތުގައި ަރައީސް ޑރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއާ ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެން ފަލަސްތީނަށް އެހީވެފަ އެވެ. ޕީއެންސީގެ މަޖިލީސް މެމްބަރުންގެ ފަރާތުން ވަނީ ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފަަ އެވެ. އަދި ސްޓެލްކޯއިން ވެސް ވަނީ 500،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.
އެހީތެރިވާނީ ކިހިނެއް؟
- މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފަ
- އެ ފޮށިތަކުގެ ތެރެއިން ޓީވީއެމްގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސުމާ ހަމަޔަށް ހުޅުވާފަ ހުންނާނެ
- ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި ބަަންދުކުރާނީ މިރޭ 10އެއް ޖަހާއިރު
- އޮންލައިންކޮށް ވެސް ފައިސާ ޖަމާކުރެވޭނެ
- ޑޮލަރު އެކައުންޓް: 7730000655866
- ދިވެހި ރުފިޔާ އެކައުންޓް: 7730000655865