ހައްޖަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އެގޮތުން ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު ހަފީޒީ ހިޔާ އުމުރުން 80 އަހަރުގެ ފާތިމަތު ހަފީޒާ އެވެ.
މި ދިވެހި ހާޖީ ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މަސްޖިދުލް ހަރަމްގަ އެވެ.
މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި! އާމީން