އީދުނަމާދުކުރާ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

މާލޭގައި އީދުނަމާދުކުރާ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ އީދު ނަމާދާ ގުޅިގެން އިސްލާމީ މަރުކަޒު، މާފަންނު ސްޓޭޑިއަމް އަދި ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް:



މިދިޔަ ފިޠުރު ޢީދެކޭ އެއްގޮތަށް އަޟްޙާ ޢީދު ނަމާދުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަށާނީ ހެނދުނު 7:00 ޖަހާއިރުއެވެ.
އިސްލާމިކް މިނިސްޓަރީން ބުނީ އީދު ނަމާދު ކުރަން ހަމަޖެއްސި ހުރިހާ މިސްކިތަކާއި މައިދާންތަކުގައި ވެސް އަންހެނުންނަށް ނަމާދު ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ވާނެ ކަމަށެވެ.
އީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓަރީން ނިންމާފައި ވަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައެވެ. އެއީ އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން (މާލޭ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް، އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފް މަސްޖިދުލްސުލްތާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް، އައްޝައިޚު ޢައްމާރު އިލްޔާސް މަސްޖިދު މަލިކި ސަލްމާން، އަލްފާޟިލް އަޙްމަދު ރިޔާޟް ވިލިމާލެ ބޮޑު ޖަމާޢަތް (ވިލިނގިލި ބޯޅަދަނޑު)، އައްޝައިޚު އަޙްމަދު މައުމޫން ހުޅުމާލެ ބޮޑު ޖަމާޢަތް (ހުޅުމާލެ ފޭސް 1 ސިންތެޓިކް ޓްރެކް ސަރަހައްދު) އަދި އައްޝައިޚު ޢާޒިމް ޚާލިދު ހުޅުމާލެ ބޮޑު ޖަމާޢަތް (ހުޅުމާލެ ފޭސް 2 ކުރިކެޓް ސްޓޭޑިއަމް ސަރަހައްދު)ގައެވެ.