ޚަބަރު

ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީ: ހައްޔަރުކުރި އެންމެން ތަހުގީގު ނިމެންދެން ބަންދަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ކްރިމިނަލް ކޯޓު

ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުުޅިގެން ހައްޔަރުކުރި މީހުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

Ads by STELCO

ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 22:50 ހާއިއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މިމާރާމާރީގައި އެކަކަށް އަނިޔާ ލިބިފައިވާއިރު އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ދިވެހި ހަތަރު ފިރިހެނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މާރާމާރީގެ މައްސަލަ އިތުރައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!