ޚަބަރު

ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ މީހަކު މަރުވެއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
ސިނަމާލެ ބްރިޖު ސަރަހައްދުން ނަގާފައިވާ މަންޒަރެއް: ފޮޓޯ: ދެން

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.

Ads by Hajj Corporation

މިޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕްއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ.

އެ މީހާ މަރުވި ސިދާ ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވެ އެވެ. އެކަމަކު މަރުވި މީހާ އަކީ އިންޑިއާ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!