Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސައިކަލެއް ވަގަށް ނެގި މީހަކު ކޯޓުގައި ބުނީ ވަރަށް ވައްތަރު މީހެއްގެ އަތުން، ދުއްވައިލަން ނެގި ކަމަށް

ސައިކަލެއް ވަގަށް ނެގި މީހަކު ކޯޓުގައި ބުނީ ވަރަށް ވައްތަރު މީހެއްގެ އަތުން، ދުއްވައިލަން ނެގި ކަމަށް

ޕާކްކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ އއ. މަތިވެރި އަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާގެ އަމަލުތައް ހުރިގޮތުން ސައިކަލާ ބެހޭ ގޮތުން ސުވާލުކުރުމުން ފުރަތަމަ ބުނެފައިވަނީ ބޭބެއެއްގެ ސައިކަލު ކަމަށެވެ. ފަހުން ބުނެފައިވަނީ އެތަނުގައި ޕާކް ކޮށްފައި ހުރި ސައިކަލެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

Advertisement
Allied — Dhen Online (box)

"ޝަރިއަތުގެ މަޖިލީހުގައި ބުނެފައިވަނީ އެއީ އޭނާއާ ވައްތަރު މީހަކު އަތުން ދުއްވާލަން ނެގި ސައިކަލެއް ކަމަށް" ކްރިމިނަލް ކޯޓުގެ އަމުރުގައި ބުންޏެވެ.

މީނާ އަކީ މީގެ ކުރިންވެސް އެފަދަ ކުށުގެ ރިކޯޑު އޮތް މީހެކެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް