Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޑިންގީ އެއްގައި ލެއްގި ސޯމާލިޔާ މީހުންނަށް ބޯހިޔާވަހިކަން ދީފި

ޑިންގީ އެއްގައި ލެއްގި ސޯމާލިޔާ މީހުންނަށް ބޯހިޔާވަހިކަން ދީފި

އިއްޔެ ނ. ވަވަތިއަށް ޑިންގީއެއްގައި ލެއްގި ސޯމާލިޔާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ކުޑަކުޑަ ޑިންގީ ގައި ލެއްގި މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއްކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ހޮޅުދޫ އަށް ގެންގޮސް ކައުންސިލުގެ އެހީތެރިކަމާއެކު ވަގުތީ ގޮތުން އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ ކުރިން އެކި ފަހަރުމަތިން ސޯމާލިއާ މީހުން ޑީންގީގައި ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް