Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހަރުގޭގެ ވެރިޔާ ޑިމޮކްރެޓްސް ދޫކޮށް ސަރުކާރު ކޮންގްރެސްއަށް

ހަރުގޭގެ ވެރިޔާ ޑިމޮކްރެޓްސް ދޫކޮށް ސަރުކާރު ކޮންގްރެސްއަށް

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ހަރުގެއާއި, އޭގެ ފަހުން އެ ޕާޓީގެ ބައިބައިވެ އުފެދުނު ޑިމޮކްރެޓްސްގެ ހަރުގެ ހިންގި އިމާރާތުގެ ވެރިޔާ ޝަފިއްޔާ ޒުބައިރު ސަރުކާރުގެ މައި ޕާޓީ, ކޮންގްރެސް ޕާޓީއާ ގުޅި ވަޑައިގެންފިއެވެ.

އެންމެ ފަހުން ޑިމޮކްރެޓްސްގެ ޖަގަހަ ހިންގި ހ. ވެޔޮވިލާގޭގައި ރޭ ކޮންގްރެސް ޕާޓީން ވަނީ ޖަގަހަ ހުޅުވާފައެވެ. މަޖިލިސް އިންތިޚާބުން ލިބުނު ނާކާމިޔާބީއަށްފަހު ޑިމޮކްރެޓްސްގެ މަސަކަތް މަޑުޖެހި ޑިމޮކްރެޓްސްގެ އަޑު ވަނީ ކެނޑިފައެވެ.

އެ ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވެޔޮވިލާގެ ވެރިޔާ ޝަފިއްޔާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އޭނާގެ މެންބާޝިޕް ފޯމް ހަވާލު ކުރެއްވީ, ޕީއެންސީގެ ރައީސް, ރައީސް ޑރ. މުއިއްޒުއާ އެވެ. ރޭގެ ޖަލްސާގައި ބައެއް ކައުންސިލަރުންނާއި ޚިދުމަތްތެރިންތަކެއް ވަނީ ޕީއެންސިއާ ގުޅިފައެވެ.

Advertisement
Allied — Dhen Online (box)

ވެޔޮވިލާގޭގައި އެމްޑީޕީން ހިންގަމުން އައި ޖަގަހަ އަތުލަން ޝަފިއްޔާ ވަނީ ސިވިލް ކޯޓަށް ގޮސްފައެވެ. އޭރު އޭނާ ބުނެފައިވަނީ އެ ބިމުން ދައްކަމުން އަންނަ ކުލި ވަރަށް ކުޑަ ކަމަށާއި, އެހެންކަމުން އިތުރު ބޭނުމަކަށް ބިން ބޭނުން ކުރަން ބޭނުންވާ ކަމަށެވެ. މިކަމެއް ހިނގާ ދިޔައީ ޑިމޮކްރެޓްސް ޕާޓީ ރެޖިސްޓްރީ ކުރި ދަނޑިވަޅުގައެވެ. އެމްޑީޕީ އެތަނުން ނެރެ, ދެން ފެނުނީ ޑިމޮކްރެޓްސްގެ ޖަހަގަ އެތަނުގައި ހުޅުވިތަނެވެ.

މިދިޔަ މަޖިލިސް އިންތިޚާބުގައި މާލޭގެ ބައެއް ޕީއެންސީ މެންބަރުންގެ އިންތިޚާބުގެ ކެންޕެއިންގައި ޝަފިއްޔާ ވަނީ ފެނިގެން ގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް