ޚަބަރު

ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން

މާލެއިން، ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by Sosun Fihaara

ގެއްލިގެން ހޯދަމުން ދިޔައީ ހުސެއިން ޒިހާން (18އ)/ މާލެ، ހ. ބްލޫސްކޫޕް، ކަމަށެވެ.

މީގެ އިރުކޮޅެއް ކުޅިން ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ޒިހާން މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!