ޚަބަރު

މޫދުގައި މަރުވެފައި އޮތް މީހަކު އައްޑޫން ފެނިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން

މޫދުގައި މަރުވެފައި އޮތް ބިދޭސީއަކު އައްޑޫ ސިޓީން ފެނިއްޖެ އެވެ.

Ads by MWSC

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އައްޑޫ ފޭދޫ ގައި މިއަދު ހެނދުނު ކުނިއުކާލަން ދިޔަ ބިދޭސީ ފިރިހެނަކު ހަބަރު ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މިހާ ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައިވާ ކަމަށް ހެނދުނު 9:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނޫ ނޭޕާލު މީހެއް ކަމަށާއި، އެ މިހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!