ޚަބަރު

މަސްތުވެގެން ހުރި މީހަކު ޑްރަގު އެޖެންސީގައި ހަމަނުޖެހުން ހިންގައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)/ ފޮޓޯ: ރާއްޖެއެމްވީ

މަސްތުގެ ހާލުގައި ހުރި މީހަކު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައިފި އެވެ.

Ads by MWSC

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވަނީ މަސްތުގެ ހާލަތުގައި ހުރެ އެންޑީއޭ ތެރެއަށް ވަދެ އެތަނުގެ ތަކެއްޗާއި މުދަލަށް ގެއްލުން ދީފަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް 5 ދުވަސް ޖަހާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!