Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް، ހަފްތާއެއްވީއިރުވެސް ކޮން ބައެއްކަން ދެނެނުގަނެވޭ

ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް، ހަފްތާއެއްވީއިރުވެސް ކޮން ބައެއްކަން ދެނެނުގަނެވޭ

ހުޅުމާލެ ހިޔާ ފްލެޓުގައި ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މިޑީއާގައި ދައުރުކުރަން ފަށައިފި އެވެ.

އާއްމުވި ވީޑީއޯގައި ފެންނަނީ ހިޔާ ފްލެޓުގެ ކޮރިޑޯއެއްގައި ދެ ކުދިންވެގެން، ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ. ކުއްޖާ ބިންމައްޗަށް ވައްޓާލާ އަނިޔާކުރާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އެ ކުއްޖާގެ ރުއިމުގެ އަޑުވެސް ވީޑިއޯއިންއިވެ އެވެ.

"15 މިނިޓް، މި ތަނުން ނައްޓާލާ" އަދި އެތަނުން ދިޔުމަށް އަނިޔާކުރާ ކުއްޖާ ބުނާ އަޑުވެސް ވީޑިއޯއިން އިވެ އެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MvCrisis/status/1806220834966790643

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުުހުން ބުނީ، އެއީ މި މަހުގެ 19 ދުވަހު ހިނގާފައިވާ ކަމެއް ކަމަށެވެ. ވަކި ގަޑިއެއް ފުލުހުން ނުބެނެ އެވެ. ނަމަވެސް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައެއް ނުވޭ" ވީޑިއޯއާ ގުޅޭ މައުލޫމާތު ލިބިފައިވާނަމަ ހިއްސާކޮށްދޭން ފުލުހުން ވަނީ އާއްމުންގެ އެހީއަށް އެދިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް