Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލޭގައި ލަގްޒަރީ ވިލާތަކެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ލަގްޒަރީ ވިލާތަކެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި ލަގްޒަރީ ވިލާތަކެއް އަޅަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބެޗް ކޮންސްޓަރްކަޝްންއާ މިއަދު ހަވާލުކޮށްފި އެވެ.

ހުޅުމާލޭ 2 ވަނަ ފޭސްގައި "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" ނަމުގައި ހިންގަ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.

މި މިމަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްގީކުރާ އެ ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީކުރެވޭނެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީ ކުރުން ހިމެނެ އެވެ.

Advertisement
Ooredoo — Truecaller (box)

މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްޤީކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް