Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ޖަލުގައި ނިޔާވި މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތު، ފުލުހުން މައްސަލަ ބަލަނީ

ޖަލުގައި ނިޔާވި މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތު، ފުލުހުން މައްސަލަ ބަލަނީ

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު މިއަދު މާފުށީ ޖަލުގައި ނިޔާވިއިރު އޭނާއަށް އަނިޔާކުރި ކަމުގެ ތުހުމަތު ކޮށްފި އެވެ.

މާފުށީ ޖަލުގައި މިއަދު ނިޔާވީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލު، 45އ އެވެ. އޭނާ އަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެކެވެ.

މިމައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ޖަމީލު މަރާލާފައިވަނީ އަނިޔާކޮށްގެންކަމަށް ޖަލުގައި ތިބި ގައިދީންތަކެއް ކަށަވަރުކޮށްދެ އެވެ. އަނިޔާކޮށްގެން ނުހިނގިގެން ގެންދަނިކޮށް ގައިދީންނަށް ފެނުިނުކަމަށްވެސް އެމީހާ ވަނީ ބުނެފަ އެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން އޭނާއަށް ސިއްހީ ފަރުވާ ނުދީ ބާއްވައި ގަސްތުގައި މަރައިލިކަމުގެ ތުހުމަތު އެމީހާ ސޯޝަލް މީޑިއާގައި ވަނީ ކޮށްފަ އެވެ. މިމައްސަލަ ބެލުމަށް އޭނާ ވަނީ ފުލުހުންނަށްވެސް ގޮވާލައިފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ޖަލުގައި ގައިދީއަކު ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

ކަރެކްޝަނުން ބުނީ މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައި ކަމަށެވެ. އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އޭނާގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައިވަނީ މިއަދު 12:45 ގަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް