ޚަބަރު

އެމްއެންޕީގެ ނަމުގައި ފޭކް މެސެޖުތަކެއް

އަލީ ސަމާޙް ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސްޕޭމް ލިންކުތަކެއް މީހުންގެ މެސެޖަށް ފޮނުވާތީވެ ސަމާލުވާން އެދިއްޖެ އެވެ.

Ads by STELCO

އެމްއެންޕީގެ ނަމުގައި އިއްޔެއިން ފެށިގެން މެސެޖުތަކެއް ދަނީ ފޮނުވަމުންނެވެ. ފޮނުވަމުން ދަނީ ކުޅިވަރުތަކަށް ބެޓްކުރާ ލައިންބެޓްގެ ލިންކު ހިމެނޭ މެސެޖަކާއި ޑީއެޗްއެލްގެ ލިންކެއް ހިމެނޭ މެސެޖެކެވެ. ކޯޑެއް ޖަހާފައި ފުރަތަމަ ޑިޕޮސިޓް ކުރާއިރު 100 ޑޮލަރުގެ ބޯނަސް އެއް ލިބޭނެ ކަމަށް ލައިން ބެޓްގެ ނަމުގައި ފޮނުވާ މެސެޖުގައިވެ އެވެ.

ޑީއެޗްއެލްގެ ޕެކެޖް ޑެލިވާ ނުވަނީ ފައިސާ ނުދައްކާތީ ކަމަށާއި އެހެންވެ ލިންކަށް ވަދެ އެކަން ފުރިހަމަ ކުރުމަށް، ޑީއެޗްއެލްގެ ނަމުގައި ފޮނުވާ މެސެޖުގައިވެ އެވެ. ގިނަ ބަޔަކަށް މި ދެ މެސެޖު ވަނީ ފޮނުވާފަ އެވެ.

އެމްއެންޕީން މިއަދު ބުނީ، އެ މެސެޖަކީ އެ ޕާޓީން ފޮނުވާ މެސެޖުތަކެއް ނޫން ކަމަށެވެ. އަދި ޕާޓީއާ ގުޅުންހުރި މެސެޖުތަކެއްވެސް ނޫން ކަމަށެވެ.

"މިއީ މި ޕާޓީގެ ނަން ބަދުނާމުކޮށް، އަދި ރައްޔިތުންނަށް އޮޅުވާލައި އެކި ފަރާތްތަކުން ލާރި ހޯދުމަށް ބަޔަކު ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ" އެމްއެންޕީގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި އާއްމުކުރި ބަޔާނެއްގައި ބުންޏެވެ.

އެކަން ކުށްވެރިކޮށް އެ މެސެޖުތަކަށް ސަމާލުވާން އިލްތިމާސްކުރަމުން އެމްއެންޕީން ބުނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅައި އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!