ޚަބަރު

ހައްޖާޖީންގެ ތެރޭގައި ރޯގާ އިތުރުވުމުން، އައިޖީއެމްއެޗުން ފިޔަވަޅުތަކެއް އަޅައިފި

އަލީ ސަމާޙް ، ދެން އޮންލައިން
އައިޖީއެމްއެޗުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައި

އައިޖީއެމްއެޗްގައި، ހައްޖަށް ދިޔަ މީހުނަށް ހާއްސަކޮށް ހުޅުވި ފްލޫ ކްލިނިކަށް ދައްކާ ފަރާތްތަކުގެ ތެރޭގައި ރޯގާ އިތުރުވެފައިވާތީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

Ads by STELCO

އައިޖީއެމްއެޗުގެ ރަސްމީ އެކައުންޓުން މިއަދު 'އެކްސް' ގައި އާއްމުކުރި ބަޔާނެއްގައި ބުނީ، ހައްޖު ކްލިނިކަށް ޑޮކްޓަރަށް ދައްކާ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި ޒިޔާރާތްކުރާއިރު މާސްކު އަޅަން އައިޖީއެމްއެޗުން އިލްތިމާސްކުރެ އެވެ. ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އެޅުމުގެ އިތުރަށް ހޮސްޕިޓަލުގައި އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ފްލޫ ކްލިނިކް ހުޅުވީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމުގެ 10 ވަނަ ނަންބަރުގަ އެވެ. ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް އެ ތަނުން ލިބޭނެ ކަމަށް ބުންޏެވެ.

ގައިން ގަޔަށް އަރާ، ފުއްޕާމެއަށް ޖެހޭ މި ނުރައްކާތެރި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ އެއް ފިޔަވަޅުގެ ގޮތުގައި ހުޅުވި މި ފްލޫ ކްލިނިކްގެ ހިދުމަތް ދެމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 ޖަހަން ދެނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!