Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތުރުކީ ސަފީރުކަމަށް އަބްދުއްރަހީމް، ޕާކިސްތާނަށް ތޯހާ

ތުރުކީ ސަފީރުކަމަށް އަބްދުއްރަހީމް، ޕާކިސްތާނަށް ތޯހާ

ރާއްޖެއިން ތުރުކީއަަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ނ. ހޮޅުދޫ، އުފަންވެލި، ތޯހާ މުހައްމަދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓުގައި ދެ ބޭފުޅުންނަށް ވެސް ރުހުން ދީފައިވަނީ މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރުގެ ހޭދަކުރެއްވުމަށްފަހު އަބްދުއްރަހީމް (60އ) ރިޓަޔާ ކުރެއްވީ އެޕްރީލް މަހުގަ އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

Advertisement
HDC — Sidebar (box)

ރާއްޖެއިން ތުރުކީގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް އަޅާލަން އިއުލާންކުރީ މިދިޔަ އަހަރު ރައީސް ޑރ މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުުފުޅުގަ އެވެ.

ޕާކިސްތާނުގެ ސަފީރަކަށް ތޯހާ ހަމަޖައްސަން މަޖިލީހުން ރުހުން ދީފައިވާއިރު މީގެ ކުރިން ރައީސް މުއިއްޒު ނިންމެވީ ސައުދި އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ތޯހާ އައްޔަންކުރެއްވުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް