Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

150 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

150 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

150 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ފުޅިތަކުގެ ފޮޓޯ ހިއްސާކޮށްފަ އެވެ.

ޝިފާން ވިދާޅުވީ ހައްޔަރު ކުރި ދެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފައިވާ ކަމަށެވެ. އެކަމަކު އެ މީހުންގެ ވަނަވަރެއް ޝިފާން ހިއްސާއެއް ނުކުރެ އެވެ. އަދި އަތުލައިގަތީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވިދާޅެއްނުވެ އެވެ.

Advertisement
Allied Insurance — Square (box)

ބަނގުރަލާއި، ޑްރަގު އަތުލައިގަތުމަށް ފުލުހުން ދަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މިދިޔަ ބޮޑު އީދާ ދިމާކޮށް ކ. މާފުއްޓަށް އަރުވަން އުޅުނު ހުރިހާ ބަނގުރަލެއް ފުލުހުން ހިފަހައްޓާފައިވާ  ކަމަށް ހޯމްލޭންޑެ މިނިސްޓަރު އަލީ އިހުސާން ވަނީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ވިދާޅުވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް