ޚަބަރު

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ އެމްޑީޕީ)

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސްގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by Hajj Corporation

މިދިޔަ 5 އަހަރު ރާއްޖޭގެ ވެރިކަންކުރި އެމްޑީޕީން ބުނީ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ އޮގަސްޓް މަހުގެ ދޭއްވާ ހުކުރު ދުވަހު ކަމަށެވެ.

ގައުމީ މަޖިލީހަށް ކުރިމަތިލާން ހުޅުވާލި މަގާމުތައް

  • ހއ. ދިއްދޫ ދާއިރާގެ ރައީސް
  • ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާގެ ރައީސް
  • ހދ. މަކުނުދޫ ދާއިރާގެ ރައީސް
  • ރ. އުނގޫފާރު ދާއިރާގެ ރައީސް
  • ރ. އިނގުރައިދޫ ދާއިރާގެ ރައީސް
  • ބ. ތުޅާދޫ ދާއިރާގެ ރައީސް
  • ބ. ހިތާދޫ ދާއިރާގެ ރައީސް
  • ޅ. ކުރެންދޫ ދާއިރާގެ ރައީސް
  • ކ. މާފުށި ދާއިރާގެ ރައީސް
  • ކ. ހުރާ ދާއިރާގެ ރައީސް
  • އދ. މާމިގިލި ދާއިރާގެ ރައީސް
  • އދ. ދަނގެތި ދާއިރާގެ ރައީސް
  • ގއ. ދާންދޫ ދާއިރާގެ ރައީސް
  • ގއ. ކޮލަމާފުށި ދާއިރާގެ ރައީސް
  • ގދ. ފަރެސްމާތޮޑާ ދާއިރާގެ ރައީސް
  • ފޭދޫ ދެކުނު ދާއިރާގެ ރައީސް
  • ފޭދޫ އުތުރު ދާއިރާގެ ރައީސް
  • މެދު ހެންވޭރު ދާއިރާގެ ރައީސް
  • ހެންވޭރު އުތުރު ދާއިރާގެ ރައީސް
  • ގަލޮޅު އުތުރު ދާއިރާގެ ރައީސް
  • މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް
  • މާފަންނު އުތުރު ދާއިރާގެ ރައީސް
  • ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް
  • ހުޅުމާލެ މެދު ދާއިރާގެ ރައީސް
  • ހުޅުމާލެ އުތުރު ދާއިރާގެ ރައީސް
  • ކުޅުދުއްފުށީ ސިޓީގެ ރައީސް
  • ތިނަދޫ ސިޓީގެ ރައީސް
  • މާލެ ސިޓީގެ ރައީސް

ގާތްގަނޑަކަށް 50،000 އެއްހާ މެންބަރުން ތިބޭ އެމްޑީޕީން ބުނީ، އިންތިހާބަށް ކުރިމަތިލެވޭނީ ޖުލައި މަހުގެ އެކެއްގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ ފަރާތްތަކަށާއި  ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައި ނުވާ މެންބަރުންނަށް ކަމަށެވެ.

އެމަގާމްތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ޖުލައި މަހުގެ ހަތެއްވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައަޅަން އެ ޕާޓީން ވަނީ އެދިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!