އެއާޕޯޓް އެމްޑީގެ ކާރު ވަގަށް ނެގި މައްސަލާގައި ދެ މީހަކަށް ދައުވާކޮށްފި

މި އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ 07:00 ހާއިރު މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓާ ދުއްވުމަށް ހާއްސަކޮށްފައިވާ ކާރެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާވިސް ބިލްޑިންގައި ޕާކްކޮށްފައި އޮއްވާ ވަގަށް ނަގާފައިވާ މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި ދައުވާ އުފުލި ދެ މީހުންނަކީ:
- މ. ސީނީއަސުރުމާގެ، މުހައްމަދު ހައިޝަމް (42އ)
- މ. މޮޑަންކޮމެޓް، އަހުމަދު ނިޒާމް (43އ)






ކޮމެންޓް