ރޭއްސުރެ ނުނިދާ އެތައް ބަޔަކު ކިއުގައި، އައިޖީއެމްއެޗްއާ ހަމައަށް ކިއު ދަމައިލައިފި

އުރީދޫ ސާފް ޗެންޕިއަންޝިޕް މާދަމާ ރާއްޖެ-އިންޑިއާ ކުޅޭ މެޗްގެ ޓިކެޓް ނެގުމަށް އެތައް ބަޔަކު ރޭއްސުރެ ކިއުގައި ޖެހިއްޖެއެވެ.
ރޭ ދަންވަރު 12 ޖަހާކަންހާއިރު ފެށިގެން ގިނަ ބަޔަކު ކިއުގައި ތިބިއިރު، މިއަދު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 10:00 ގައެވެ. އަދި ކިއޫ ހެދޭނީ 9:30ގައި ކަމަށް ޔޫތު މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.
މިވަގުތު ކިއުގައި ގާތްގަނޑަކަށް 300އާ ގާތް ކުރާ އަދަދަކަށް މީހުން އެބަތިބިއިރު، ރޭ ދަންވަރު ވެސް 100 އެއްހާ މީހުން ކިއުގައި ތިއްބެވެ.
ސޯޝަލް ސެންޓަރުގައި ރޭ ކިއު ހެދުމާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފް ވަނީ އެ ސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ތިބި މީހުންނާ ވާހަކަ ދައްކަވައިފައެވެ. އަދި ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތަށް ދަނީ އިންތިޒާމް ކުރެވެމުންދާ ކަމަށެވެ.
https://twitter.com/AhmedMahloof/status/1447645066244214785?s=20
ކިއުގައި ތިބި ބައެއް ފަރާތްތަކާ "ދެން"އިން ސުވާލު ކުރުމުން ބުނެފައި ވަނީ ރޭއްސުރެ ކިއުގައި ތިބި ކަމަށާއި އެއީ ފަހުން އައިސް ކިއުގައި ޖެހިގެން ޓިކެޓް ނުލިބިދާނެތީ ކަމަށެވެ.
"ހަމަ ހިތުން ރުހުމުން މިތިބެނީ، ޤައުމީ ޓީމަށް ސަޕޯޓް ކުރަން އަހަރެމެން ކޮންމެ ފަދަ ޤުރުބާނީއެއް ވެދާނަން. ޓިކެޓް ހޯދަން އެއް ރޭ ކީއްކުރަން ތިންރޭ ވެސް ނުނިދާ ތިބެދާނަން" ހެނދުނުގެ ސައި މައިލޯ ޕެކެޓަކުން ފުއްދާލަމުން ކިއުއަށް އަރާ އިން މީހަކު ބުންޏެވެ.
[caption id="attachment_119736" align="alignnone" width="1024"]<img class="wp-image-119736 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/photo_2021-10-12-08.48.34-1024x768.jpeg" alt="" width="1024" height="768" /> ކިއުގައި ތިބި މީހުން ބުނަނީ މިއީ ހަމަ ކުރާހިތުން ކުރާ ކަމެއް ކަމަށް.. ދެން އިމޭޖްސް/އަޙްމަދު ނަސީޙް[/caption]
ރާއްޖެ-އިންޑިއާ މެޗަށް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައި ވަނީ 3000 ޓިކެޓެވެ. އެއީ މީހަކަށް ގިނަވެގެން ދެ ޓިކެޓެވެ. ޓިކެޓު ގަންނަން ދާއިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންދިއުމަށް އެފްއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">މާރުުކުރަން ނުޖެހޭގޮތަށް ފައިސާ ގެންދަން ވެސް ވަނީ އެދިފައެވެ.</span>
ސާފްގެ މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވޭނީ، މާދަމާ ރޭ ރާއްޖެ އިންޑިއާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވެ، ނުވަތަ އެއްވަރު ވެގެންނެވެ. ފައިނަލަށް ދަތުރު ކުރަން ބޭނުން ނަމަ އިންޑިއާއަށް އޮތީ ކޮންމެހެން ވެސް މެޗުން މޮޅުވުމެވެ.







ކޮމެންޓް