ޚަބަރު

ޑިސްކައުންޓް ރޭޓްގައި ޗައިލްޑް އެޑިއުކޭޝަން ޕްލޭން އަދިވެސް ނެގޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެލައިޑުން ބޭއްވި ޕްރެސްއެއްގެ ތެރެއިން

ޗައިލްޑް އެޑިއުކޭޝަން ޕްލޭން ހެޔޮ އަގުގައި ބައްލަވައިގަނެވޭ ޕްރޮމޯޝަންގެ މުއްދަތު އެލައިޑް އިންޝުއަރަންސުން އިތުރުކޮށްފި އެވެ.

Ads by STELCO

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ މި ޕްރޮމޯޝަންގެ މުއްދަތު ހަމަވެފައިވަނީ 30 ޖޫންގެ ނިޔަލަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން، މިހާރު ޕްރޮމޯޝަންގެ މުއްދަތު ވަނީ 9 އޮގަސްޓާއި ހަމައަށް އިތުރުކޮށްފަ އެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 އިންސައްތަ އަދިވެސް ލިބޭނެ ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ.

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެހީވެދޭ ޕްލޭނެކެވެ. ސޭވިންގގެ އިތުރުން، މިޕްލޭންގެ އެންމެ ހާއްސަ ސިފައަކީ "ރައްކާތެރިކަން" ކަމުގައި އަޔާދީއިން ފާހަގަކުރެ އެވެ.

އެގޮތުން މިޕްލޭން ނެގުމަށްފަހު، ޕްލޭންގައި ހިމަނާފައިވާ ހާލަތެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ކަސްޓަމަރު ދައްކަން ޖެހޭ ފައިސާ ޕްލޭންގެ މުއްދަތު ހަމަވަންދެން އަޔާދީއިން ކަވަރުކޮށްދެ އެވެ. މިޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެކުންފުނިން އިލްތިމާސް ކުރެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!