ފުވައްމުލަކު މަގުތަކަށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނަގަން 5 ދުވަސް

"މިގޮތަށް މަގުގައި ވެހިކަލްތައް ބަހައްޓާފައި ހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނަދުތައް ދުއްވުމަށާއި، މަގުމަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެ އެވެ. މިގޮތަށް ބެހެއްޓިފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން މަގުގެ ރައްކާތެރިކަން ގެއްލި ނުރައްކާތެރި ހާދިސާތައް ހިގަމުންދާކަން ފަހަކަށް އައިސް ފާހަނގަ ކުރެވިފައިވެއެވެ." އިއުލާނުގައި ބުނެފައިވެ އެވެ.
ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދާއިމީކޮށް މަގުމައްޗާއި ޕޭމެންޓުމަތީގައި ޕާކުކުރުމާއި މަގުމައްޗާއި ޕޭމެންޓުމަތީގައި ހަލާކުވެފައިވާ ވެހިކަލްތަށް ބެހެއްޓުމަކީ މަނާކަމެއްކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ އެ ގޮތަށް ހުއްދަނެތި ބަހައްޓާފައި ހުރި ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަށް 05 (ފަހެއް) ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފަ އެވެ. އަދި ދާއިމީ ގޮތެއްގައި ވެހިކަލްތައް މަގުމައްޗާއި ޕޭމެންޓުމަތީގައި ޕާކުކޮށްފައި ނުބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ކައުންސިލުން ބުނީ ފަސް ދުވަހުގެ މުއްދަތުގައި އެ އުޅަނދުތައް ނުނަގައިފިނަމަ، އެ އުޅަނދުތައް ކައުންސިލުން ނަގާނެ ކަމަށެވެ. އަދި އެގޮތަށް ވެހިކަލްތައް ނެގުމުގައި ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ކައުންސިލުން ނުނަގާނެ ކަމަށެވެ.






ކޮމެންޓް