Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިދުމަތާ ގުޅުނު 91 ފުލުހުން ހުވާކޮށްފި

ހިދުމަތާ ގުޅުނު 91 ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން އެވެ.

އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުންނެވެ. އެއީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުންނެވެ. އޭގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފަ އެވެ.

Advertisement
Ooredoo — Square (box)

އެ ރަސްމިއްޔާތުގައި، ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ، ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު، ހެޑް އޮފް ސެރަމަނީސް އޮފިސާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެވަވަޑައިގެންނެވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް