Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑްރަގް އެޖެންސީ ސީއީއޯގެ މަގާމުން އިމާދު ވަކިކޮށްފި

ޑްރަގް އެޖެންސީ ސީއީއޯގެ މަގާމުން އިމާދު ވަކިކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން އިމާދު ސޯލިހް ވަކިކޮށްފި އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުން އިމާދު ވަކިކުރީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެންޑީއޭގެ ބޯޑު ބައްދަލުވުމުގަ އެވެ.

އެ ބޯޑުން އެގޮތަށް ނިންމީ، އެންޑީއޭގެ އެސެސްމެންޓް އޮޑިޓުގެ ހޯދުންތަކާއި ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓަން ކުރެވިފައި ހުރި މަސައްކަތްތަކާއި ނުކުރާ މަސައްކަތްތައް ބެލުމަށްފަހު އެވެ.

Advertisement
Ooredoo — Square (box)

ބޯޑުން ވަނީ ފަރުވާ ބޭނުންވާ މީހުންގެ ކިއު ދިގުވެ، ފަރުވާ ލަސްވުމާއި އެންޑީއޭގެ މަސައްކަތްތައް ލަސްވުން ފަދަ މަައްސަލަތައް ފާހަގަކޮށްފަ އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު އައްޔަނުކުރީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް 2022 ގެ ނޮވެމްބަރުގަ އެވެ.

އެންޑީއޭ ރަނގަޅަށް ނުހިންގޭ ކަމުގެ ޝަކުވާ އާއްމުން އަބަދުވެސް ކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް