Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓެކްއަވޭ ވިޔަފާރި ހިންގާ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ޓެކްއަވޭ ވިޔަފާރި ހިންގާ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރާއްޖޭގެ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަންއާއި ފުލުުހުން ގުޅިގެން ދަނީ އޮޕަރޭޝަނެއް ހިންގަމުން ނެވެ.

އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުން އަތުލަގަތީ، ރޭ  ހުޅުމާލޭ ފޭސް 1 ގައި ޓޭކްއަވޭ ކޮފީ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީންތަކެއް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ނެވެ،

Advertisement
Allied — Dhen Online (box)

އިމިގްރޭޝަން އިން ބުނިގޮތުގައި އެ އޮޕަރޭޝަންގައި 8 ބިދޭސީއަކު ހައްޔަރުކޮށްފަ ވެއެވެ. އެ މީހުންގެ ވަނަވަރު ހާމަކޮށްފައިނުވާއިރު، މި އޮޕަރޭޝަންގައި ބަލާފައިވަނީ ކިތައް ވިޔަފާރި ކަމެއް ސާފެއް ނުވެ އެވެ.

"މި މައްސަލަ ދަނީ ތަހުގީގު ކުރަމުން" މިކަމާ ގުޅިގެން އިމިގްރޭޝަނުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

މީގެކުރިން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންނާއި އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ވަގު ޑޮލަރު ވިއްކުމާއި ހަށި ވިއްކުން ފަދަ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހައްޔަރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް