ޚަބަރު

ބޭކާރު ހަރަދު ނުކުރަން އެންމެން ހިފައިފިނަމަ އިގުތިސޯދު ހަރުދަނާ ވާނެ: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުއިއްޒު

އިގްތިސާދީ ގޮތުން ރާއްޖެ ނާޒުކު ފައްތަރެއްގައި އޮތް އިރު ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ގައުމުގެ އިގްތިސާދު ހަރުދަނާވާނޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް އެހެން ވިދާޅުވީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގަ އެވެ.

ރައީސް ވިދާޅުވީ މަދީނާގައި ކީރިތި ރަސޫލާ صلى الله عليه وسلم ހޭދަކުރެއްވި ދުވަސްތަކުން ފެންނަން އޮތީ، މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އަހްވަންތަކަން ވަރުގަދަ ކުރެއްވުމަށް އެކަލޭގެފާނު އިސްކަން ދެއްވިކަން ކަމަށެވެ. އަވަށްޓެރީންގެ ގޮތުގައި ތިބި އެކި ދީންތަކާއި، އެކި ފިކުރުތަކުގެ އަހުލުވެރީންނާއެކު ސުލްހަ ގާއިމުކުރެއްވި ކަމަށެވެ.

މަދީނާގެ ބާޒާރުތަކަކީ ވިޔަފާރީގެ މަގްބޫލް މަރުކަޒުތަކަކަށް ހެއްދެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފެހިކަމާއި ދިރުން އިހްސާސް ކުރެވޭ ވަޒަނެއްގެ ގޮތުގައި މަދީނާ އާބާދުކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. ތައުލީމީ ނިޒާމެއް ގާއިމްކުރެއްވި ކަމަށާއި، ބޭސްފަރުވާއާއި އެނޫން އިޖްތިމާއީ ހިދުމަތްތަކަށް ފަހި، މެހްމާނުންނަށް ކަމޭ ހިތުމުގައި މަގްބޫލު ރަށަކަށް މަދީނާ ހެއްދެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަސޫލާގެ މުޅި ދިރިއުޅުއްވުމުންވެސް ފެންނާން އޮތީ، ނަމޫނާ ލިބިގަންނަން ޖެހޭ މިފަދަ އެތައް މިސާލުތައް ކަމަށެވެ. މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަން ކަމަށެވެ.

އާއިލާތައް ބަދަހިވާން ޖެހޭކަމާއި މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ. އަދި އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަމަށް ވިދާޅުވި އެވެ.

"ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަމެވެ. އިސްރާފު ނުކުރުމާއި، ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ގައުމުގެ އިގްތިސާދު ހަރުދަނާވާނޭކަން" ރައީސް ވިދާޅުވި އެވެ.

Ads by HDC
  1. މަތިން ފެށިގެން ތިރިއަށް ތިކަން ގެންދަމާ. ރައީސްގެ ކެބިނެޓް، މަޖިލިސް، ދެން ރައްޔިތުން