އެއާ ސާވިސް ކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާންކޮށްފި
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ ސަރވިސް ވޯލްޑް ކޮންގްރެސްގެ، ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާންކޮށްފި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓު (ވީއައިއޭ) ހޮސްޓްކުރާ މިކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ؛
- އޭވިއާ މޯލްޑިވްސް
- މާގިރި ހޮޓެލް
- ސްކައިޓުއާސް މޯލްޑިވްސް
- ވިލާ ޓްރެވަލްސް
- މޯލްޑިވްސް ފްލައިޓް ސަޕޯޓް
ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސް ރާއްޖޭގައި ބޭއްވުމަށް ވީއައިއޭއާ އެކު ބައިވެރިވާ ފަރާތްތަކަކީ؛
- ރިސޯޓް ޕާޓްނަރުން: ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން
- ވެނޫ ޕާޓްނާ: ކުރުނބާ މޯލްޑިވްސް
- ޑިޖިޓަލް ޕާޓްނާ: ދިރާގު
- ސީޕްލޭން ޕާޓްނާ: ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)
- އެއާލައިން ޕާޓްނާ: އެމިރޭޓްސް އެއާލައިން
- އޭވިއޭޝަން ޕާޓްނާ: މޯލްޑިވިއަން
- މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް އަދި ޓްރެވަލިއުޝަން މީޑިއާ
އެންޑޯސްމަންޓް ޕާޓްނަރުން:
- މިނިސްޓްރީ އޮފް ޓޫރިޒަމް
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި، އެއާލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ އެ ކޮންގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި މިމަހު 10 އިން 11 އަށް ކުރިއަށް ދާނެ ކަމަށެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސްގެ އިތުރު އިވެންޓްތައް ޝެރެޓަން މޯލްޑިވިސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކުރިއަށް ދާނެ އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މިކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއި އެކު، ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެ އެވެ.