Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސްނޯކްލިން އަށް ދިޔަ ޒުވާނަކަށް މިޔަރެއް ހަމަލާދީފި

ސްނޯކްލިން އަށް ދިޔަ ޒުވާނަކަށް މިޔަރެއް ހަމަލާދީފި

ކ. ދިއްުފުށީގައި ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ޒަހަމަކޮށްލައިފި އެވެ.

ދިއްފުށީ ކައުންސިލަރަކު "ދެން" އަށް ވިދާޅުވީ މިޔަރު ހަމަލާ ދީފައިވަނީ ފަތުރުވެރިންގެތަކެއް ގޮވައިން ސްނޯކްލިން އަށް ގޮސް އުޅުނު އެ ރަށުގެ ޒުވާން ގައިޑަކަށް ކަމަށެވެ. އެކަން ހިނގި ސީދާ ގަަޑިއެއް އެނގިފައި ނެތް ނަމަވެސް ދިއްފުށީ ސިއްހީ މަރުކަޒަށް އޭނާ ގެންގޮސްފައި ވަނީ މިއަދު މެންދުރު 1:30 ހާއިރު ކަމަށެވެ.

"އަތުގައި ފުދޭވަރަކަށް ބޮޑަށް ދަތް އަޅާފައި ހުރިކަން ފާހަގަވޭ" ހޮސްޕިޓަލާ ހަވާލާދީ ނަން ހަމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކި ކައުންސިލަރު ވިދާޅުވި އެވެ. އިތުުރު ފަރުވާ އަށް އެ ޒުވާނާ މާލޭ އޭޑީކޭއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Advertisement
Ooredoo — Square (box)

މިދިޔަ މަހުގެ ދެވަނަ ދުވަހު މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ޒުވާނަކު ވަނީ ނިޔާވެފަ އެވެ. ނިޔާވީ އެމްއެންޑީއެފް ޓްރެއިނިން ހަދަމުން ދިޔަ ރ. އުނގޫފާރު، މުހައްމަދު ޒައިދާން އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް