Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކިޔަވައިގެން ހުރި ދާއިރާއަކުން އާއިލާ މީހަކަށް ވަޒީފާ ލިބުމަކީ ނާޖާއިޒު ފައިދާ ހޯދުމެއް ނޫން: ޝަހީމް

ކިޔަވައިގެން ހުރި ދާއިރާއަކުން އާއިލާ މީހަކަށް ވަޒީފާ ލިބުމަކީ ނާޖާއިޒު ފައިދާ ހޯދުމެއް ނޫން: ޝަހީމް

މަގާމުގެ ނާޖާއިޒު ފައިދާ ބޭނުންކޮށްގެން އާއިލާގެ އެއްވެސް މީހަކަށް ސަރުކާރުން ވަޒީފާ ހޯދައިދީފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް އެހެން ވިދާޅުވެފައިމިވަނީ އޭނާގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް އާއި އެއްބަޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދު ސަރުކާރުގެ އިސް މަގާމަކަށް އައްޔަންކުރުމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޝަހީމުގެ ދަރިފުޅު އަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމަކަށް އައްޔަންކޮށްފައިވާއިރު ޝިފާޒް އައްޔަންކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށެވެ.

Advertisement
Allied — Dhen Online (box)

އެކަމާއި ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ޝޯޝަލް މީޑިއާގައި ޝަހީމް ވަނީ ވާހަކަ ދައްކަވާފަ އެވެ. ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އޭނާގެ ދަރިޔަކު، ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން ލިބޭ ފުރުސަތަކީ ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން ކަމަށެވެ.

"ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން" އެކްސްގައި ކުރެއްވ ކުރު ޕޯސްޓެއްގައި ޝަހީމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން މެލޭޝިޔާ އެމްބަސީން ޝަހީމްގެ ދަރިފުޅަށް މުސާރާ އާއި އިނާޔަތުގެ ގޮތުގައި 100،000 އެއްހާ ރުފިޔާ ލިބެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް